ޚަބަރުKulhudhuffushi.app
ފޮޓޯ: Kulhudhuffushi Online
ޚަބަރު

ޖަލާލުއްދީން ސްކޫލްގެ 'ކްރިސްޓަލް ސްޓަރ' އެވޯޑް ހަމްދާއަށް

އާދިއްތަ 15 ނޮވެމްބަރު 2026

ކުޅިވަރާއި އިތުރު ހަރަކާތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިގެން ޖަލާލުއްދީން ސްކޫލުން ދޭ 'ކްރިސްޓަލް ސްޓަރ' އެވޯޑް ހަމްދާ ހަސަން ހަމީދު ހޯދައިފި އެވެ. ތަފާތު އެކި މުބާރާތްތަކުގައި ދަރިވަރުން ވާދަކޮށް ސްކޫލަށް ރަންވަނަތައް ހޯދައިދޭ ދަރިވަރުންގެ އަގުވަޒަންކުރުމަށް ބޭއްވި 'ކްރިސްޓަލް އެވޯޑް' ނައިޓް ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ އެވެ. މިއަހަރު 'ކްރިސްޓަލް ސްޓަރ އެވޯޑް' ލިބުނު ހަމްދާ ހަސަން ހަމީދު ވަނީ އެކި މުބާރާތްތަކުގައި ވާދަކޮށް ސްކޫލަށް ރީތި ނަމާއި ޝަރަފު ހޯދައިދީފަ އެވެ. އެގޮތުން އޭނާ ބައިވެރިވި މުބާރާތަކުގެ ތެރޭގައި ސިޓީ ކައުންސިލުން 2024 ވަނަ އަހަރު ބޭއްވި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމުގެ މުބާރާތުން ކެންވަސް ކެޓަގަރީން ކީ ސްޓޭޖް 5 އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ ހޯދާފަ އެވެ. އަދި 40 ވަނަ ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން މަތީ ސާނަވީ ބައިން ދެވަނަ ހޯދި ސްކޫލް ޓީމް މެންބަރެކެވެ. މީގެ އިތުރުން 2025 ވަނަ އަހަރު ބޭއްވި ތިލަދުންމަތީ ތިންވަނަ ސްކޫލް ފެތުމުގެ މުބާރާތުން 100 މީޓަރު ފްރީ ސްޓްއިލް އާއި 50 މީޓަރު ބަޓަފްލައި ސްޓްރޯކް އަދި ސީނިއާ ބީ އަންހެން 50 މީޓަރު ފްރީ ސްޓައިލުން ހަމްދާ ވަނީ ރަންމެޑަލް ހާސިލުކޮށްފަ އެވެ. ފެތުމުގެ ސީނިއާ ކެޓަގަރީ ސެކަންޑް ބެސްޓް ސްކޫލް ޓީމް މެންބަރު ކަމާއި 50 މީޓަރ ބެކް ސްޓްރޯކް އަދި 50 މީޓަރ ބްރެސްޓް ސްޓްރޯކުން ރިހިމެޑަލް ހޯދި ޓީމުގައި ހަމްދާ ހިމެނުނެވެ. 111 ދަރިވަރުން އެވޯޑް ހާސިލްކުރި މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ވަނީ ތަފާތު 13 މުބާރާތެއްގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ މުބާރާތްތަކާއި އަތޮޅު އަދި ރަށު ފެންވަރުގެ މުބާރާތްތ

މަޢުލޫމާތު: Kulhudhuffushi Online

ތަފްޞީލު ކިޔުމަށް: Kulhudhuffushi Online
މި ޚަބަރު ޝެއާ ކުރައްވާ